ބޮލީވުޑް

އަޔޫޝްއަކީ އަޖައިބެއް ކަހަލަ މީހެއް: ސަލްމާން

ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމު "އަންތިމް: ދަ ފައިނަލް ޓްރުތު" ގައި އޭނާއާއެކު ލީޑް ރޯލު ކުޅޭ ބަތަލަކީ ސަލްމާންގެ ކޮއްކޮ އަރުޕިތާގެ ފިރިމީހާ އަޔޫޝް ޝަރުމާ އެވެ. މި ފިލްމު ޕްރޮމޯޓް ކުރުމަށް މި ހަފުތާ ބަންދުގައި ސޮނީން ދައްކާ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ސަލްމާނާއި އަޔޫޝް އަދި ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރް އާއި ފިލްމުގެ ބަތަލާ މަހީމާ މަކްވާނާ ބައިވެރި ވެފައި ވެއެވެ.

މި ޝޯގެ ޕްރޮމޯ މިހާރު ސޮނީން ދައްކަން ފަށާފައިވާއިރު ޕްރޮމޯގައި ސަލްމާން ބުނަނީ އޭނާގެ ޅިޔަނީ އަޖައިބެއް ކަހަލަ އިންސާނެއް ކަމަށެވެ.

އަޔޫޝް އަޖައިބެއް ކަހަލަ އިންސާނެއް ކަމަށް ސަލްމާން ސިފަ ކުރީ މާ ގިނަގިނައިން އޭނާގެ ގެއަށް އަޔޫޝް ދާތީ އެވެ. އަދި އޭނާ އަންނައިރު އަރުޕިތާ އާއި އެމީހުންނަށް ލިބިފައިވާ ދެ ދަރިން ވެސް ނުލައި އެކަނި އަންނާތީ އެވެ.

ސަލްމާން ދިރި އުޅެނީ އެއް ކޮޓަރީގެ އެޕާޓްމަންޓެއްގައި ކަމުން އަމިއްލަ ކަންކަމަށް އެއްވެސް ޚަރަދެއް ނުކުރަނީތޯ ވެސް ކަޕިލް ސުވާލު ކުރި އެވެ. ޖަވާބުގައި ސަލްމާން ބައެއް ފަހަރަށް އޭނާ ކުރާ ކަންކަމަށް ޚަރަދުކުރާ ކަމަށެވެ. ނަމަވެސް އެއީ ވެސް ވަރަށް މަދު ފަހަރަކު ކަމަށެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ"ގެ ޕްރޮޑިއުސަރަކީ ސަލްމާން ޚާނެވެ. އެހެންވެ މިކަމާ ގުޅޭ ގޮތުން ވެސް ޝޯގެ ކޮމޭޑިއަނުން ސަލްމާނާ ވަރަށް ގިނަ މަޖާ ވާހަކަތައް ދައްކާފައި ވެއެވެ.