ދުނިޔެ

ދެމެހެއްޓެނިވި ހަކަތައަކީ ނިއުކްލިއާ ޕަވާ: ބިލް ގޭޓްސް

މައިކްރޮސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް ދެކެވަޑައި ގަންނަވާ ގޮތުގައި ދުނިޔެ ހަކަތައަށް ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެވެން އޮތީ ރައްކާތެރި ގޮތުގައި ނިއުކްލިއާ ހަކަތަ ބޭނުން ކުރެވޭނެ ނިޒާމެއް ތައާފުރު ކޮށްގެންނެވެ.

މި ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި އޭނާގެ ޓެރާޕަވާ ކުންފުނިން ނިއުކްލިއާ ޕަވާ ޕްލާންޓްތައް އެމެރިކާގެ ވަޔޯމިންގައި އުފެއްދުމަށްޓަކައި ގެންދަނީ އަޖުމަ ބަލަމުންނެެވެ.

ނިއުކްލިއާ ހަކަތަ އުފައްދައި އެ ކުންފުނިތަކަށާއި ގޭބިސީތަކަށް ފޯރުކޮށް ދިނުމަށް ޓަކައި އެންމެ ފުރަތަމަ ކުރަން އޮތް ކަމަކީ ނެޓްރިއަމް ޕްލާންޓްތައް ކޮޅަށް ޖެހުމެވެ. އެ މަސައްކަތަށް ބޭނުންވާ ބިމެއް ވަޔޯމިންގެ ކެމެރާއިން ލިބިފައި އޮތް ކަމަށް ގޭޓްސް ވިދާޅުވި އެވެ.

ގޭޓްސް ވިދާޅުވީ ހަކަތަ ލިބެން ހުރި ވަސީލަތްތަކަށް އާންމުންގެ އިތުބާރު އޮންނަން ޖެހޭ ކަމަށާއި ނިއުކްލިއާ ހަކަތަ ލިއްބައިދޭ މަސައްކަތްތަކާ ގުޅިގެން އާންމުން ވަރަށް ހިތްވަރު ދެއްވާ ކަމަށެވެ.

ނިއުކްލިއާ ޕަވާ ޕްލާންޓްތަކާއެކު ވަޒިފާ އިތުރުވުމަކީ ވެސް އާންމުންގެ ދިރިއުޅުމަށް ވަރަށް ރަނގަޅު ބަދަލު އަންނާނެ ކަމެއް ކަމަށް ގޭޓްސް ވިދާޅުވި އެވެ.

ގޭޓްސް ވިދާޅުވި ގޮތުގައި ނިއުކްލިއާ ޕަވާ ޕްލާންޓްއާ މެދު މީހުން ދެކޭ ގޮތް ބަދަލު ކުރައްވާނެ އެވެ. ޓެރަބައިޓުން ކުރާ އިންވެސްޓްމަންޓްގެ އަސާސަކީ ވެސް ރައްކާތެރި އެއްޗަކަށް ނިއުކްލިއާ ޕްލާންޓްތައް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2023 ގައި ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ވެސް ރިއެކްޓަރުތައް ބިނާކުރާ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.