މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ހިދުމަތްތަކެއް ޑިޖިޓަލް ކޮށްފި

Nov 21, 2021

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރު ކޮށްދޭ މެރިން އަދި ޕައިލަޓޭޖްގެ ހުރިހާ ހިދުމަތަކަށް ރިކުއެސްޓް ކުރުމާއި، އީޓީއޭ ހުށަހެޅުމާއި ފައިސާ ބަލައިގަތުން އޮންލައިންކޮށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިފައި އެވެ.

އެމްޕީއެލް އިން މިއަދު ބުނީ "ބަނދަރު ޕޯޓަލް" އިން މެރިން އަދި ޕައިލެޓޭޖް ހިދުމަތަށް ހާއްސަ ކޮށްފައިވާ "މެރީން މޮޑިއުލް" މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ހުރިހާ ހިދުމަތްތަކަކަށް އެދި ހުށަހެޅޭނެ ކަމަށެވެ. މިއަދުން ފެށިގެން އެ ހިދުމަތްތައް ލިބޭނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އަލަށް ގެނައި ބަލަދަށް ޝިޕިން އޭޖެންޓުން އަހުލުވެރިކުރަން އެމްޕީއެލް އިން ވަނީ މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ބާއްވައިފަ އެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ އެމްޕީއެލްގެ ޕައިލަޓޭޖް އެންޑް މެރީން ސާވިސް ޑިޕާޓްމަންޓާއި އައިޓީ ޑިޕާޓްމަންޓް ގުޅިގެންނެވެ.