މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ލާމުން ދެކުނަށް ޔެލޯ އެލާޓް

ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައިވާ ދުވަހެއްގައި މީހަކު ފެނުގެ ތެރެއިން ބައިސްކަލް ދުއްވަނީ: މިއަދު ރާއްޖޭގެ ދެކުނަށް ވިއްސާރަ ކުރާނެ -- އަވަސް އާކައިވް ފޮޓޯއެއް
100%
0%
0%

މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ޔެލޯއެލާޓެއް ނެރެފި އެވެެ.

މޫސުމާ ބެހޭ މައި އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ދެކުނުގެ ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް މިއަދު ހެނދުނު 9:30 އިން މެންދުރު ފަހު 1:30 އަށެވެ.

މި ވަގުތުތަކުގައި ދެކުނުގެ ހަ އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ އެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވާއިރު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ އެވެ.

މެޓްގެ މި އެލާޓް ނެރެފައި އޮންނަ އިރު ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެކަން އަންގަން ޖެހެ އެވެ. އަދި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރަން ޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345