ބެންކު އޮފް މޯލްޑިވްސްގެ ހިދުމަތްތައް މެދުކެނޑި އެ ކުންފުނިން ކަސްޓަމަރުންގެ ކިބައިން މާފަށް އެދިއްޖެ އެވެ.
ބެންކުގެ ހިދުމަތްތައް ހޯދަން ދަތިވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް ބެންކުން ދެންމެ ބުނީ ހިދުމަތްތައް މެދުކަނޑިފައިވާ ކަމަށާއި ހިދުމަތަށް ބުރޫ އެރީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެއީ ސިސްޓަމް އަޕްގުރޭޑް ކުރުމުގެ މަސައްކަތެއް ކުރަނިކޮށް ދިމާވި މައްސަލައެއް ކަމަށް ވެސް ބުންޏެވެ.
މައްސަލަ ހައްލުކޮށް އަލުން ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސަން ބޭންކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެ ދެތިން ދުވަސް ކުރީން ފެށިގެންވެސް ދޭތެރެ ދޭތެރެއިން ބެންކުގެ ހިދުމަތް ހޯދަން ދަތި ވެއެވެ. އިންޓަނެޓް ބެންކު މެދުވެރިކޮށް ހިދުމަތް ހޯދަން ދަތިވެ ބެންކު އެކައުންޓްގައި އެއްވެސް ފައިސާއެއް ނުހުންނަ ކަމަށް ވެސް ދައްކަ އެވެ.