ފައިސަލް ނަސީމް

ނާއިބު ރައީސް ބަންގާޅަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ނާއިބު ރައީސް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އެމްޑީ އަބްދުލް ހާމިދު އާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެންގެ އިތުރުން މިނިސްޓަރު އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓް އިމްރާން އަހުމަދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ދީފޫ މޯނިއާ އާއި ބައްދަލު ކުރައްވާނެ ކަމަށެވެ.

އަދި ޔުނިވާސިޓީ އޮފް އޭޝިޔާ ފެސިފިކް އެކްޓިންގެ ވައިސް ލާންސެލާ ޑރ. އެމްޑީ ސުލްތާން މުހައްމަދު އާއި ސައުތު އީސްޓް އޭޝިޔަން ފައުންޑޭޝަންގެ ޗެެއާމަން ސަލާހުއްދީން ގާސިމްގެ އިތުރުން ކުމުޑިނީ ވެލްފެއާ ޓްރަސްޓްގެ މެނޭޖިން ޑިރެކްޓަރު ރަޖީވް ޕްރަސާދުގެ އިތުރުން ބަންގާޅުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އެ ގައުމުގެ މިއުޒިޔަމް އަށާއި ބަންގްލަދޭޝް-ކޮރެޔާ ޓެކްނިކަލް ޓްރެއިން ސެންޓަރަށްވެސް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.