ފައިސަލް ނަސީމް

ނައިބު ރައީސް މާލެ ވަޑައިގެންފި

May 16, 2023

ނައިބު ރައީސް ފައިސަލް ނަސީމު ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2023ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ނައިބު ރައީސް ބަންގްލަދޭޝްއަށް ފުރާވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަގުރީރު ކުރައްވާފައެވެ.

ނައިބު ރައީސް ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީންއާ ބައްދަލުކުރައްވާ ދެ ގައުމަށްވެސް ފައިދާ ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން ނައިބު ރައީސްގެ ދަތުރުފުޅުގައި ވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފަ އެވެ.