މޯލްޑިވްސް ޕޮލިސް ސާވިސް

މިސްކިތައް ކުޑަކަމުދިޔަ ބިދޭސީ މީހާގެ މުއްދަތު ޖަހައިފި

މިސްކިތެއްގެ ހަރިންމަ ކުޑަކަމުދިއުމުން ހައްޔަރު ކުރި ބިދޭސީއެއްގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ރޭ އިރުއޮއްސި 7:58 ގައި މާލޭގެ ޖަލާލުއްދީން މިސްކިތުގެ ހަރިންމައިގެ ތެރެއަށް ކުޑަކަމު ދިއުމުން ހައްޔަރު ކުރި ބަންގްލަދޭޝްގެ މީހާގެ ބަންދު ޖަހަން ކޯޓަށް ގެންދިއުމުން ހަފުތާއެއްގެ މުއްދަތު ދީފައިވާ ކަމަށްވެ.

މިސްކިތުގެ ހުރުމަތް ކެނޑުމާއި މިސްކިތަށް ކުޑަކަމުދިއުމުގެ މައްސަލަތައް ދަނީ އިތުރުވަމުން ނެވެ. ދާދިފަހުން ފަހުން ދިވެއްސަކު ވެސް މިސްކިތުގެ ގޯތިތެރެއަށް ކުޑަކަމުގޮސްގެން ހައްޔަރުކޮށްފަ އެވެ. އޭނާ ބަންދުގެ މުއްދަތު ހަމަވެ ދޫކޮށްލުމުން މިސްކިތަށް އަރައި ހަތިމަށް ކުޅުޖަހައިގެން ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.