ރައީސް މުހައްމަދު ނަޝީދު

އިންޑިއާ ސަފީރު، ނަޝީދާ ބައްދަލުކުރައްވައިފި

Nov 23, 2021

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުނޫ މަހާވަރް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެެވެ.

މީގެއިތުރުން ރާއްޖޭގެ ޑިމޮކްރަޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ މެދުވެސް މަޝްވަރާ ކުރެވުނު ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.

ރައީސް ނަޝީދާއި އިންޑިއާ ސަފީރުގެ ބައްދަލުވުމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާގެ އާ ސަފީރު މުނޫ މަހާވަރް، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުއްވީ މިމަހުގެ 17 ވަނަ ދުވަހު އެވެ.