ބުރުނި

ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

Nov 23, 2021

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބަލައިޒް ކޮށްފި އެވެ.

އެމްޓީސީސީއިން ބުނީ ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓް ސައިޓް މޮބަލައިޒް ކޮށްފައިވަނީ މިއަދު ކަމަށެވެ. މި މަސައްކަތުގެ ދަށުން 21181.80 ކިއުބިކް މީޓާރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާާއި 220 މީޓަރު ރިވެޓްމަންޓް ޖެހުމާއި 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މި ޕްރޮޖެކްޓް އަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްއެކެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކަޗާ އިން އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މި މަސައްކަތަކީ 28.87 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.