އިބްރާހިމީ މިސްކިތަށް އަރާ ހަތިމަކަށް ކުޅުޖެހައި ހަސަން ޒިޔާދުގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްފި އެވެ.
އުމުރުން 40 އަހަރުގެ ޒިޔާދަކީ ތަކުރާރުކޮށް މިސްކިތަށް ކުޑަކަމު ގޮސްގެން ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެކެވެ.
އޭގެ ފަހުން އިބްރާހިމީ މިސްކިތަށް އަރާ ހަތިމަށް ކުޅުޖެހުމުން ޒިޔާދު ފުލުހުންނާއި ހަވާލުކުރީ މިސްކިތުގައި ތިބި މީހުންނެވެ. އޭނާގެ ބަންދު މުރާޖައާ ކުރުމަށް ފުރަތަމަ ކޯޓަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ހަތިމަށް ކުޅު ޖެހިކަމަށް އިއުތިރާފުވެފަ އެވެ. ދެ ފަހަރެއްގެ މަތިން މީގެ ކުރިން ވަނީ އޭނާގެ ބަންދަށް މުއްދަތު ޖަހައިފަ އެވެ.
ބަންދު ރިވިއު މަޖިލީހުގައި އޭނާ ބުނެފައި ވަނީ އެފަދަ ކުށެއް ތަކުރާރު ނުކުރާނެ ކަމަށާއި ބަންދަށް ލުޔެއް ދިނުމަށެވެ. އެގޮތުން ޝަރުތުތަކާއެކު ނަމަވެސް ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އޭނާ ވަނީ އެދިފަ އެވެ.
ނަމަވެސް ގާޒީ ނިންމެވީ އޭނާގެ ބަންދަށް ލުޔެއް ނުދިނުމަށެވެ، އެގޮތުން އޭނާގެ ބަންދު މުއްދަތު އިތުރުކޮށްފައި ވަނީ 15 ދުވަހަށެވެ. ގާޒީ ވަނީ، އޭނާ އަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށާއި އަދި ކުށުގެ ރެކޯޑު އޮތް މީހަކަށް ވާތީ ތަހުގީގަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފަ އެވެ.
ޒިޔާދަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން ބެލި ބެލުމުން އޭނާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށެވެ.