ޕްރައިމަރީ ގްރޭޑްތަކަށް ޓީޗަރުން ރެކްރޫޓް ކުުރަން ހުރިހާ ހަރަދެއްދޭ ގޮތަށް ޕްރައިމަރީ ޓީޗިން ސްކޮލަޝިޕްތަކެއް ހުޅުވާލުމުން ވެސް އެކަށީގެންވާ އަދަދަށް ކުރިމަތިނުލާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު މަޖިލީހުގައި ވިދާޅުވީ ޓީޗަރުން ރެކްރޫޫޓް ކުރުމުގައި ގާބިލު ޓީޗަރުން ނުލިބުމާއި ޝައުގުވެރިކަން ނެތުމުގެ މައްސަލަ ވަރަށް ބޮޑު ގޮންޖެހުމަކަށްވެފައިވާ ކަަމަށެވެ. ނަމަވެސް އެކަމަށް މަސައްކަތްތަކެއް ކުރާ ކަމަށާއި އަންނަ އަހަރު ޓީޗަރުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި ހިމެނީ ވެސް އެ ގޮންޖެހުންތަކަަށް ހައްލެއް ހޯދަން ކަމަށެވެ.
އަދި މުދައްރިސުން ތަމްރީން ކުރާ މަރުކަޒުތަކާ ގުޅިގެން މިހާރުން މިހާރަށް ބޭނުންވާ ދާއިރާތަަކަށް ޓީޗަރުން ތަމްރީންކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓީޗަރުން ހޯދުުމުގައި ބޮޑަށް ދަތިވަނީ ގުރުއާނާއި ސެކެންޑްރީގެ މާއްދާތަކާއި ޕްރައިމަރީއަށެވެ. ޕްރައިމަރީއަށް ޓީޗަރުން ހޯދަން 2019 ވަނަ އަހަރު ހުރިހާ ހަރަދެއް ދޭ ގޮތަށް ސްކޮލަޝިޕެއް ވެސް ހުޅުވާލި އެވެ. ނަމަވެސް އެކަމަށް އެދެވޭ ތަރުހީބެއް ނުލިބުނެވެ.
"އެނގިވަޑައިގަންނަވާނެ ހިލޭ ޑިގްރީ ހެދޭ ގޮތަށް މިހާރު އޮތީ. މާލޭގައި ހުރުން ހިލޭ އަދި އިިތުރު އެލަވަންސެއް ދޭ ގޮތަށް އަޅުގަނޑުމެން ސްކޮލަޝިޕްތަކެއް ހުޅުވާލީމަ ވެސް އަޅުގަނޑުމެންނަކަށް ކުދިންނެއް ނުލިބުނު. އެއީ އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ. ނަމަވެސް ގައުމީ ޔުނިވާސިޓީއާ ގުޅިގެން އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދެވޭ." މިނިސްޓަރު ވިދާޅުވި އެވެ.