ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރައީސަށް ނަޒާހަތްތެރިކަން މުހިންމެއް ނޫން: ޖަމީލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނަޒާހަތްތެރިކަން މުހިންމު ނޫން ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސަށް، ޖަމީލުގެ ފާޑުވިދާޅުވުން މި ފަހަރު އައީ މިނިސްޓަރު އަހުމަދު މަހުލޫފާއިމެދު އަމަލު ކުރަމުން ގެންދާ ގޮތާއި ގުޅިގެންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މައްސަލަ ވަނީ ފޮނުވާފައެވެ.

ޖަމީލް ވިދާޅުވީ ޖިނާއީ ދައުވާ އުފުލާއިރުވެސް ވަޒީރަކު މަގާމުގައި ބެހެއްޓުމުން އެނގެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނަޒާހާތްތެރިކަން މުހިއްމު ނޫން މިންވަރު ކަމަށެވެ.

"ހުތުރު ބަދުނާމު ލިބޭ ވަޒީރުން ޑިމޮކްރެސީތަކުގައި މަގާމުގައި ނުތިބޭނެ. މިއީ މުޅި ނިޒާމަށް ލިބޭ ނިކަމެތި ކަމެއް،" ޖަމީލް ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް މިއަދު ދައުވާކޮށްފައިވާ ކަން ޕީޖީ އޮފީހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އޭސީސީން މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިއަހަރުގެ ޖޫން ނުވަވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި މަހްލޫފްގެ މައްޗަށް ދައުވާކޮށްފައި މިވަނީ އެ މައްސަލާގައި ދައުވާކުރުން ލަސްވެ އެތައް ބައެެއްގެ ފާޑުކިޔުން ޕީޖީ އަށް އަމާޒުވެފައި ވަނިކޮށެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކުރައްވާފަ އެވެ. ރައީސް ސޯލިހް، މަހްލޫފްގެ ސަސްޕެންޝަން އުވާލެއްވެވީ ވެސް ދައުވާކުރުން ވަރަށް ބޮޑަށް ލަސްވުމުން މިދިޔަ އޮކްޓޫބަރު ނުވަވަނަ ދުވަހު އެވެ.

މަހްލޫފަށް ދައުވާކުރަން ފޮނުވުމަށްފަހު އޭސީސީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް