ވިޔަފާރި

ނޭޝަނަލް ބޯޓިން އެނައުލް އެކްސްޕޯ އަންނަ މަހު

Nov 25, 2021

އަންނަ މަހު ބާއްވާ "މެރިން އެކްސްޕޯ" ގައި ނޭޝަނަލް ބޯޓިން އެނައުލް އެކްސްޕޯއެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ހުޅުމާލޭގައި ކަނޑުއުޅަނދުގެ ހިދުމަތްތަކަށް ހާއްސަ މި ފެއާ އޮންނާނީ ޑިސެމްބަރު 11،12 އަދި 13 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ރާއްޖޭގެ ސީ ޓްރާންސްޕޯޓް ސެކްޓާއަށް ހާއްސަކޮށް ބާއްވާ މި ފެއާގައި ބޯޓު ބިލްޑަރުންގެ އިތުރު މެރިން އިކްއިޕްމަންޓުގެ ހިދުމަތްދޭ ފަރާތްތަކާއި މި ދާއިރާގެ ގިނަ ހިދުމަތްދޭ ކުންފުނިތަކުން ބައިވެރިވާނެ އެވެ.

ގައުމީ ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް) ގެ މެރިން އެކްސްޕޯ މެނޭޖުކޮށް ބަލަހައްޓަނީ މިޑިއަމް ޕްރައިވެޓް ލިމިޑެޑުންނެވެ.