އެމްއެސްއެސް

އެމްއެސްއެސް އިން 45،000 މެޓްރިކް ޓަނުގެ ބޯޓެއް ގެންނަނީ

Nov 30, 2021

އަންނަ އަހަރުގެ ޖެނުއަރީ މަހު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިތުރު ބޮޑު ބޯޓެއް ގެންނާނެ ކަމަށް ބުނެފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެމްއެސްއެސްގެ ވިޔަފާރިއާ ބެހޭ ގޮތުން ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ 2019 ގައި ކުންފުނި ރަޖިސްޓްރީކުރި ކުންފުނީގެ ދެވަނަ ބޯޓު އަންނަ ޖެނުއަރީ މަހު ރާއްޖެ އަންނާނެ ކަމަށެވެ.

"އެސްޓީއޯއަކީ ހަމައެކަނި ކާޑެއް ނޫން ކޮންސްޓަކްޝަން މެޓީރިއަލް ވެސް ގެންނަ ކުންފުންޏެއް. މި ފަހަރު މި ގެންނަ ބޯޓަކީ ބަލްކް ކެރިއާ ވެސެލް [ވަތަށް ތަކެތި އޮއްސައިގެން އުފުލާ] ފަދަ އުޅަނދެއް. މި އުޅަނދަކީ 45،000 މެޓްރިކް ޓަނުގެ އުޅަނދެއް. މި ބޯޓު ލިބުމުން އަޅުގަނޑުމެން ޑައިރެކްޓްކޮށް ތަކެތި ގެނެވޭނެ،" ރާއްޖެ އަށް ތެލާއި ބޭސް އަދި ކާޑުގެ ބާވަތްތައް އެތެރެކުރާ އެންމެ ބޮޑު ކުންފުނީގެ އެމްޑީ އަމްރު ވިދާޅުވި އެވެ.

"މިގޮތަށް އެކަން ކުރީމަ ތަކެތީގެ އަގު ބޮޑުނުވެ ހުންނާނެ. ވަރަށް ބޮޑަށް ބޭނުންވޭ ވަރަށް ހަލުވިކޮށް ފްރައިޓް ބޮޑު ވެގެންދާ ވަގުތު ވެސް ކޮންސްޓްރަކްޝަންގެ އަސާސީ ސާމާނު އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓޭނެ."

ގައުމީ ޝިޕިން ކުންފުނީގެ އަމިއްލަ ބޯޓެއް ގަނެގެން ގެނެސްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. މި ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ. "އެމްއެސް ގަލޭނާ" ގެ ނަން ދީފައިވާ މި ބޯޓުގައި ގައި ޖުމްލަ 16 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެތެރެއިން 99 ޕަސެންޓަކީ ދިވެހިން ނެވެ.