ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ބޮޑު ޓެލެންޓް ޝޯއަށް އެލީ

ލައިބާ އަހުމަދު މަހުލޫފް (އެލީ):ދަ ވޮއިސް ކިޑްސް ރަޝިޔާގައި އެލީ ބައިވެރިވެއްޖެ
0%
0%
0%

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފްގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފް -- އެލީ، "ދަ ވޮއިސް ކިޑްސް ރަޝިއާ" ގައި ބައިވެރިވެއްޖެ އެވެ.

އެލީ ޓުވިޓާގައި ބުނެފައިވަނީ އޭނާ މިދިޔަ ޖޫން މަހުން ފެށިގެން "ދަ ވޮއިސް ކިޑްސް ރަޝިއާ"ގެ އޮންލައިން އޮޑިޝަންގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޮގަސްޓު މަހުގައި ލަވަކިޔައި ރިކޯޑިންނެއް ހުށަހެޅި ކަމަށެވެ.

މުބާރާތުގެ ޕްރޮޑިއުސާސް ރައުންޑަށް ލައިބާ ހޮވިފައިވާ ކަން މުބާރާތް އިންތިޒާމު ކުރާ ފަރާތުން އިއްޔެ ވަނީ ލައިބާ އަށް އަންގާފަ އެވެ.

ޕްރޮޑިއުސާސް ރައުންޑުން ފާސްވެއްޖެނަމަ މުބާރާތުގެ ލައިވް ރައުންޑަށް އެލީ ހޮވޭނެ އެވެ.

ދަ ވޮއިސް ކިޑްސް ރަޝިއާގައި ކުރިއަށް ދިއުމަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީއާ މެދުވެސް ވަރަށް އުވާފާ ކަމަށް އެލީ ބުނެ އެވެ.

ދަ ވޮއިސް ކިޑްސް ރަޝިއާ އަކީ ކުޑަކުދިންގެ ހުނަރު ދައްކާލާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓީވީ ޝޯ އެވެ.

އެލީ ވަނީ މީގެ ކުރިންގެ އެކި ލަވަތައް ހުށަހަޅައިދީ އެހުންތެރިންނާއި ބެލުންތެރިންގެ ޝައުގުވެރިކަން ހޯދާފަ އެވެ. އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ޖާވިދް އަލީ އާއި އެކުގައި ވެސް ލަވައެއް ކިޔާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހުމަދު1

ވަރަށް ހިތާމަވެރި ހަބަރެއް. އެކުއްޖާ މިއުޒިކުން ﷲ ސަލާމަތް ކުރައްވާށި

ސަ އި

މަރުހަބާ އެލީ ހިތްވަރާ އެކުމަސަ އްކަތް ކުރޭ ﷲ އއއިރާދަކުރެ އްވި އްޔާ ކާމިޔާބުވާނެ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910