ފުރަތަމަ ދަރިފުޅަށް ބަލިވެއިން ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
ރަނީ އާއި އަދިތްޔާ ޗޯޕްޅާ އަށް އަންހެން ކުއްޖެއް ލިބިފައިވާ ކަމުގެ ހަބަރު އެންމެ ފުރަތަމަ ޓްވިޓާގައި އާންމުކޮށްފައިވަނީ އަދިތްޔާގެ ގާތްއެކުވެރިޔާކަމަށްވާ ކަރަން ޖޯހަރު އެވެ.
ކަރަން ކުރި ޓްވީޓްގައި ވަނީ އޭނާއަށް ބޮޑު ބޭބެ ކިޔާނެ ލޯބި އަންހެން ކުއްޖެއް ލިބިއްޖެކަމަށާއި ރާނީ އާއި އަދިތްޔާ އަށް ލިބިފައިވަނީ އަންހެން ކުއްޖެއް ކަމަށް ބުނެފަ އެވެ.
ކަރަންގެ އިތުރުން ވެސް ބޮލީވުޑްގެ އެހެނިހެން ތަރިންވެސް އަންނަނީ ރާނީ އާއ އަދިތްޔާ އަށް މަރުހަބާކިޔަމުންނެވެ.
ބެލެވޭ ގޮތުގައި ރާނީ ވިހާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
މިއަދު ޔާޝް ރާޖްގެ ފަރާތުން ރާނީ ނެރުނު ބަޔާނެއްގައި ވަނީ އޭނާއަށް ހެޔޮދުއާ ކުރި އެންމެންނަށާއި އޭނާގެ ފޭނުންނަށް ޝުކުރުއަދާކޮށްފަ އެވެ. އަދި މިއަދު އެމީހުންނަށް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާ ކަމަށްވާ އަދީރާ ލިބިއްޖެ ކަމަށާއި މިބޮޑު އުފަލާއެކު ހަޔާތުގެ މުޅިން އާ ސަފުހާއެއް އެމީހުން ފަށާކަމަށް ބުނެފަ އެވެ.
މިހާރު ނަމެއްވެސް ކިޔާފައިވާ މިތުއްތު ކުއްޖާއަށް ނަންދީފައިވަނީ އަދިތްޔާ އާއި ރާނީ ނަމުގެ ފުރަތަމަ ދެއަކުރުންނެވެ. އެއީ އަދީރާ އެވެ.
މިދިޔަ މަހުގެ ތެރޭގައި އޮތް ދިވާލީ ފާހަގަކުރުމަށް އަމީތާބް ބައްޗަންގެ ގޭގައި ބޭއްވި ޕާޓީގއި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން މާބޮޑަށް ވަރުބަލިވުމުންނެވ ރާނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފރުވާ ދީފއިވާއިރު، ތުއްތު ދަރިފުޅު ވިހެއުމުގެ ކުރިން ގޭތެރެ ޒިނަތްތެރިކުރާތީ އެދުވަހުން ފެށިގެން ރާނީ ވިހަންދެން މަޑުކޮށްފައިވަނީ ހޮސްޕިޓަލުގަ އެވެ.
އެގޮތުން މީގެކުރިން ހިންދޫޖާ ހޮސްޕިޓަލުގައި ހުރުމަށްފަހު މިފަހުންވަނީ ބްރީޗް ކޭންޑީ ހޮސްޕިޓަލަށް ބަދުކޮށްފަައިވާއިރު، ރާނީ ވިހާފައިވަނީ ވެސް އެހޮސްޕިޓަލުގަ އެވެ.
ރާނީގެ އާއިލާއާއި ގަތފަރާތަކުން ބުނެފައވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އަންނަ މަހުގެ ތެރޭގއި ރާނީ ވިހާއިރު، އަދިތްޔަ ބޭނުންވަނީ ރާނީ އެންމ ރަނގަޅު ފަރުވާ ލިބުމަށެވެ. އަދި ބްރީޗް ކޭންޑީ ހޮސްޕިޓަލަށް ރާނީ ބދަލުކޮށްފައިވަނީ މިހޮސްޕިޓަލުގެ ޑޮކްޓަރުންނާއި އަދިތްޔާގެ އާއިލާއާއި ވަރަސް ގާތްގުޅުމެއް އޮންނާތީ ކަމަށްވެސް ބުނެފައިވެ އެވެ.
ބްރީޗް ކޭންޑީ ހޮސްޕިޓަލަށް ރާނީ ބަދަލުކުރިފަހުން އޭނާ ބާއްވާފައި އޮތް ހިސާބުގައި ހޮސްޕިޓަލުގެ ސަލާމަތީ ކަންތައްތައް ވަރަށް ވަރުގަދަކޮށްފައިވާއިރު، ރާނީގެ ހުރިހާ ގަޑިއެއްގެ ކެެއުން ގެންނަ ކަމަށްވަނީ ގެއިންނެވެ. އެގޮތުން ރާނީއަށް ބޭނުންވާ ކާއެއްޗިސް ގެއިން ހޮސްޕިޓަލަށް ގެންދިއުމަށް އިތުރު ދެ ޑްރައިވަރަކުވެސް އަދިތްޔަ މިހާރު ހަމަޖައްސާފައިވާ ކަމަށްވެ އެވެ.
ރާނީ އާއި އަދިތުޔާ ޗޯޕްރާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހު އިޓަލީގަ އެވެ. އަދި ފުރަތަމަ ދަރިފުޅަށް ރާނީ ބަލިވެ އިން ކަމުގެ ހަބަރުތައް ފެތުރިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ފުރަތަމަ ދަރިފުޅު ވިހާނެ ކަމަށް ކުރިން ލަފާކޮށްފައިވަނީ ވެސް އަންނަ މަހުގެ ތެރޭގަ އެވެ.
މީގެކުރިން އަދިތްޔާ ކައިވެންޏެއްކޮށްފައިވާއިރު، އެކައިވެންޏަށް ކުއްޖަކު ލިބިފައެއް ނުވެ އެވެ.