އެމްޓީސީސީ

ސެންޓާރާ އިން ރިސޯޓު ހަދާ ތިން ރަށުގެ ބިން ހިއްކައިފި

Nov 26, 2021
1

ތައިލެންޑުގެ މަޝްހޫރު ވިޔަފާރި ގުރޫޕް، ސެންޓާރާގެ އާ ރިސޯޓުގައި ހިމެނޭ ތިން ރަށުގެ ބިން ހިއްކުމުގެ މަސައްކަތްތައް ނިންމާލައިފި އެވެ.

މާލެ އަތޮޅު ވައްޓަރުފަޅުން ތިން ރަށް ހިއްކާ ރަށްތަކުގައި ހިމާޔަތުގައި ތޮށި ލުމުގެ މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ އެމްޓީސީސީންނެވެ.

އެކުންފުނިން އޮކްޓޫބަރު 8، 2019ގައި ހަވާލުވި މި މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

އެމްޓީސީސީން ހިއްކާފައިވާ ތިން ރަށުގެ ތެރެއިން ކޮންމެ ރަށެއްގައި ހަތް ހެކްޓަރު ހިމެނެ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއަކީ އެކުންފުނީގެ 40 އަހަރުގެ ހަޔާތުގައި ބޭރުގެ ކުންފުންޏަކަށް އަގުގެ ގޮތުން ކޮށްދީފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. މަޝްރޫއުގެ އަގަކީ 29.26 މިލިއަން ޑޮލަރެވެ.

މި މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ހިއްކި ރަށެއްގައި ބާއްވާފަ އެވެ. މިރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީއާއި ސެންޓާރާގެ ބައެއް އިސްވެރިންވެސް ބައިވެރިވެފައިވެ އެވެ.

ސެންޓާރާ ގުރޫޕުން މިހާރު ވެސް ގެންދަނީ ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަމުންނެވެ.