އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ފަންޑުފޮށި ވަގަށް ނަގައިފި

Nov 26, 2021
3

"ހެލްތު ޓްރަސްޓް ފަންޑު" އަށް ފައިސާ ހޯދުމަށް އައިޖީއެމްއެޗްގައި ބަހައްޓާފައޮވާ ފަންޑުފޮއްޓެއް ވަގަށް ނަގައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ފަންޑުފޮށި ވަގަށް ނަގާފައިވާކަން އެނގުނީ މިއަދު ހެނދުނު 10 ޖަހާ އެހާކަންހާއިރު ކަމަށެވެ. އެކަން ފުލުހުންގެ ސަމާލު ކަމަަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

ފަންޑުފޮށީގައި ހުރި ފައިސާގެ އަދަދެއް ސާފެއް ނުވެއެވެ.

ފުލުހުންވެސް ބުނީ ހޮސްޕިޓަލްގެ ފަންޑުފޮށި ވަގަށް ނަގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

މައްސަލާގައި ތުހުމަތަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. އަދި ފަންޑުފޮށި ވަގަން ނެގީ ކިހިނެތް ކަމެއްވެސް ނުބުނެއެެވެ.