ކާނާ

ކާބޯތަކެތީގެ ސިޔާސަތު މުރާޖާ ކުރަނީ

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތު ރިވިއު ކުރަން ނިންމައިފި އެވެ.

އެ ސިޔާސަތު ރިވިއު ކުރަން ނިންމައި މިއަދު ވަނީ މަސައްކަތު ބައްދަލުވުއް ވެސް ބާއްވާފަ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ އިން ޝައިން ޓްރީ ބިލްޑިންގައި މިއަދު ބޭއްވި ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރެވެ.

ބައްދަލުވުން ބޭއްވީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ދާއިރާއަށް އަންނަ ބަދަލުތަކާއި ގުޅިގެން ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެ ބަދަލުތަކަށް އަހުލުވެރިވުމާއި ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާށެވެ. ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކުން 40 ފަރާތެއް ބައިވެރިވި އެވެ.

ކާބޯތަކެތީގެ ސިޔާސަތެއް އެންމެ ފަހުން އިފްތިތާހު ކުރީ 2016 ވަނަ އަހަރު އެވެ. އޭރު އެ ސިޔާސަތު އެކުލަވާލީ 2017 އިން 2026 ވަނަ އަހަރަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތުގެ މައިގަނޑު އަސާސްތައް ބިނާ ކޮށްފައި ވަނީ ކަމާގުޅޭ އިދާރާތަކުގެ ބައިވެރިވުން ހިމެނޭގޮތަށް ކާބޯތަކެތި އުފައްދާ ޑިސްޓްރިބިޔުޓް ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.