ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ގަވައިދުން ވޭރިއަންޓް ޓެސްޓު ކުރަން ފޮނުވާ"

ކޮވިޑް ޖެހުމުން ވޭރިއަންޓް ބެލުމަށް އިތުރަށް ތަހުލީލު ކުރުމަށް ޖީން ސީކުއެންސް ގަވައިދުން ހަދަމުން ގެންދާ ކަމަށް ކޮވިޑްގެ މައުލޫމާތު ދެއްވާ ތަރުޖަމާނު ޑރ. އާމިނަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ އެޗްއޯސީން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ގައިގައި ހުރީ ކޮން ވޭރިއަންޓެއްތޯ ގަވައިދުން ބަލަމުން ގެންދާ ކަމަށެވެ. އެގޮތުން މިހާރު 830 ސާމްޕަލް ސީކުއެންސިންނަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

ސާމްޕަލްތައް މިދިޔަ މަހު 13 އިން ފެށިގެން ގަވައިދުން ފޮނުވަމުންދާ ކަން ވެސް ނަޒްލާ ފާހަގަކުރެއްވި އެވެ.

"ކޮންމެ ދުވަހަކު 50 އަށްވުރެ ގިނަ ސާމްޕަލް ސީކުއެންސަށް ޓެސްޓު ކުރަން ފޮނުވިން،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރާއްޖެއިން ބޭރަށް ފޮނުވި ގިނަ ސާމްޕަލްތައް ޑެލްޓާ ވޭރިއަންޓުގެ އެކި ވައްތަރުތަކަށް ޕޮޒިޓިވްވި ކަމަށެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ވަނީ 3820 މީހުން ޓެސްޓު ކޮށްފަ އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 76 މީހުނެވެ.