އެމްޓީސީސީ

މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ

Nov 28, 2021

މޯލްޑިވްސް މެރިން އެކްސްޕޯ ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ. އަދި މޯލްޑިވްސް މެރިން އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖާ ޝާމް މުހައްމަދު އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިންގް އެސޯސިއޭޝަންއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ. އެމްޓީސީސީން މި އެކްސްޕޯގައި ބައިވެރިވަމުން އަންނަ މައިގަނޑު މަގްސަދަކީ އެމްޓީސީސީން ވިއްކާ މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު މި ދާއިރާގެ ވީހާވެސް ގިނަ ބައިވެރުންނަށް ހިއްސާކޮށް މި ދާއިރާއިން އެމްޓީސީސީިން ހޯދާފައިވާ އިތުބާރު ދެމެހެއްޓުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މެރިން އެކްސްޕޯގައި އެމްޓީސީސީން މިިއަހަރު އެގްޒިބިޓް ކުރަން ނިންމާފައިވާ ޕްރޮޑަކްޓް ތަކުގެ ތެރޭގައި ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އެންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް ހިމެނެއެވެ. މީގެ އިތުރުން ތަފާތު ޕްރޮޑަކްޓްސްތަކާއި ގުޅޭ މައުލޫމާތުވެސް ފޯރުކޮށްދޭނެ އެވެ.