އެމްއެމްއޭ

ތިންވަނަ ކުއާޓަރުގައި އިމާރާތް ކުރަން 22 މިލިއަން ޑޮލަރުގެ ތަކެތި އެތެރެކޮށްފި

Nov 29, 2021

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާއަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ގެ ތަކެތި އެތެރެކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގެ ތިން ވަނަ ކުއާޓާގެ، ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން ނިމިދިޔަ ކުއާޓަރަށް ބަލާއިރު އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތައް އިތުރުވާކަން ފާހަގަކޮށްފައިވެ އެވެ.

މި ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުންހުރި 22 މިލިއަން ޑޮލަރުގެ ތަކެތި އެތެރެކޮށްފައިވެ އެވެ.

މި ކުއާޓަރުގައި ބޭންކް ތަކުން އިމާރާތް ކުރުމުގެ ދާއިރާ އަށް ދޫކުރި ފައިސާގެ އަދަދު ވެސް ވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ނިމިދިޔަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާ އިތުރުވެފައިވަނީ ރިސޯޓު މަރާމާތު ކުރުމާއި ރެސިޑެންސް އިމާރާތްތައް ހެދުމަށެވެ.

އިމާރާތް ކުރުމުގެ ދާއިރާ އަށް ކުރިއެރުން ލިބެން ފަށާފައި މިވަނީ ކޮވިޑް-19 އަށްފަހު އިމާރާތް ކުރުމުގެ ދާއިރާ ވަރަށް ބޮޑަށް ހީނަރުވެގެން ދިއުމަށްފަހު އެވެ.