ޕޮލިޓިކްސް

ލ. އަތޮޅު ކުރީގެ ރައީސަށް ސިޔާސީ މަގާމެއް

Nov 29, 2021
1

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ލ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަބްދުﷲ ޝަރީފު މިއަދު އައްޔަން ކޮށްފި އެވެ.

އަބްދުﷲ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް މުސާރަ އާއި އެލަވަންސްތަކާއެކު 25،000 ރުފިޔާ ލިބޭނެ އެވެ.

އަބްދުﷲ ޝަރީފް ވަނީ މި ހިނގާ ދައުރުގެ ލ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލުމަށްޓަކައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަ ކުރައްވާފަ އެވެ. އެކަމަކު ޕްރައިމަރީ ކާމިޔާބު ކުރެވިފައެއް ނުވެ އެެވެ.

ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ޓީޗަރެއްގެ ގޮތުގައި ސްކޫލުތަކުގަ އެވެ.