ރާއްޖެ ކުޅިވަރު

ސުކުޒީ ކަޕުގެ ޝިއާރަކީ "ދިވެހިންގެ ފަހުރު – ޔަގީން"

މި މަހު ފަހުކޮޅު އިންޑިޔާގައި ފަށާ ސާފް ސުކުޒީ ކަޕުގެ ޝިއާރަކީ "ދިވެހިންގެ ފަހުރު –ޔަގީން" ކަމަށް އެފްއޭއެމުން ނިންމައިފި އެވެ.

ޑިސެމްބަރު 23 އިން ޖެނުއަރީ ތިނަކަށް އިންޑިޔާގައި ބާއްވާ މުބާރާތުގައި ރާއްޖެ ވާދަކުރާނީ ބޫޓާނާއި ބަނގްލަދޭޝް އަދި ޗެމްޕިއަން އަފްގާނިސްތާނާ އެވެ.

މި މުބާރާތުގެ ފޯރި ގަދަ ކުރުމަށް އެފްއޭއެމުން ވަނީ މުބާރާތަށް ހާއްސަ ލަވައެއް ވެސް ހަދަން ނިންމައިފަ އެވެ. އެއްވަނަ އަށް ހޮވޭ ފަރާތަކަށް 20000ރ. ދޭން ވަނީ ނިންމައިފަ އެވެ.
ސުޒުކީ ކަޕަށް ގައުމީ ޓީމު ފަރިތަކުރަން ފަށާފައިވާއިރު މުބާރާތުގެ ކުރިން އަރަބި ގައުމެއްގައި ކޭމްޕްކުރަން ވަނީ ނިންމައިފަ އެވެ.

ރާއްޖެ އަކީ ސާފް ސުކުޒީ ކަޕުގެ 2008 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. މި މުބާރާތުގައި 1997 ވަނަ އަހަރުން ފެށިގެން ރާއްޖެ ބައިވެރިވަމުންދާއިރު ރާއްޖެ ވަނީ ހަތަރު ފަހަރު ފައިނަލްކުޅެ ބަލިވެފަ އެވެ.