ބޮލީވުޑް

ކޭބީސީގެ 1000 ވަނަ އެޕިސޯޑުގައި ޝްވޭތާ އާއި ނަވްޔާ

"ކޯން ބަނޭގާ ކްރޯޅުޕަތީ" (ކޭބީސީ) ގެ ހޯސްޓެއްގެ ގޮތުގައި އަމީތާބު ބައްޗަން މަސައްކަތް ފެށީ އޭނާގެ ފިލްމީ ކެރިއަރު ވަރަށް ބޮޑަށް ވަޅުޖަހާފައި އޮތް ދުވަސްވަރެއްގަ އެވެ. މި ޝޯ ވެގެން ދިޔައީ އަމީތާބަށް މުޅިން އާ ހަޔާތެއް ލިބުނު ޝޯއެއްގެ އިތުރުން އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނައި ޝޯއަކަށެވެ. އިންޑީއާގެ ޕޮޕް ކަލްޗާގެ ބަޔަކަށް މި ޝޯ ވެގެން ދިޔަ އެވެ. އަދި ކޮންމެ ދުވަހަކު އެ ގައުމުގެ ގޭގޭގައި ގިނަ ބަޔަކު އެ ޝޯއެއްގެ ވާހަކަ ދައްކާ ޝޯއަކަށް ވެސް އެ ޝޯ ވެގެން ގޮސްފައި ވެއެވެ.

އަމީތާބު މި ޝޯ ހޯސްޓްކުރަން ފެށިތާ މިހާރު 21 އަހަރު ވެއްޖެ އެވެ. އަދި ޝޯގެ 1000 ވަނަ އެޕިސޯޑު ދާދިފަހުން އަމީތާބު ވަނީ ޝޫޓްކޮށްފަ އެވެ. މި ޝޯގައި ބައިވެރިވީ އޭނާގެ އަންހެން ދަރިފުޅު ޝްވޭތާ ނަންދާ އާއި ކާފަދަރިފުޅު ނަވްޔާ ނަވޭލި ނަންދާ އެވެ.

ކޭބީސީގެ 1000 އެޕިސޯޑު ފުރިހަމަ ކުރެވުމުން ކުރެވެނީ ކޮން ކަހަލަ އިހްސާސްތަކެއްތޯ މި ޝޯގައި ޝްވޭތާ އޭނާގެ ބައްޕަ އާ ސުވާލު ކުރެ އެވެ. ޖަވާބުގައި އަމީތާބު ބުނީ މުޅި ދުނިޔެއަށް ބޮޑު ބަދަލެއް އައިސްފައިވާކަމުގެ އިހްސާސް ކަމަށެވެ.

މި ޝޯގައި ފުރަތަމަ ކްރޯޅްޕަތީއަކަށް (މިލިއަނަރަކަށް) ވީ މީހާގެ ކާމިޔާބުން ފެށިގެން ޝޯގެ ގިނަ އުސްއަލިތަކެއް ދައްކާފައި ވެއެވެ. އަދި މި މަންޒަރުތައް ބަލާފައި އަމީތާބު ވަރަށް ޖަޒުބާތުގައި ޖެހުނެވެ. އަދި ގޭމް ނިމެން ކައިރިވެސް ނުވާ ކަމަށް އަމީތާބު ބުންޏެވެ.

މި ޝޯގެ ކޮންމެ ބައިވެރިޔަކާ ވެސް އަމީތާބު ކުރާ ސުވާލެއް އޮވެ އެވެ. ޝޯއަކަށްޓަކައި އެމީހަކު ތައްޔާރުވީ ގޮތަކާ ބެހޭ ގޮތުންނެވެ. ނަމަވެސް މިފަހަރު މިސުވާލު އަމީތާބަށް ހުށަހެޅީ ޝްވޭތާ އާއި ނަވްޔާ އެވެ. އެ ދެމައިން ހޯސްޓް ކުރުމަށްޓަކައި އަމީތާބު ވީ ތައްޔާޜީތަކާ ބެހޭ ގޮތުންނެވެ. އަމީތާބު ބުނީ ޝޯއަށް އޭނާ ތައްޔާރުކޮށްފައިވާ ސުވާލުތަކަކީ ޒިލޭބީއެއް ސީދާ ސުވާލުތަކެއް ކަމަށެވެ.

އަމީތާބު ބުނީ އޭނާއަށް ހީވީ ގޭގެ ކާމޭޒު ކައިރީގައި އެންމެން މަޖާ ވާހަކަތައް ދައްކާ މީރު އެއްޗެތި ކެއުމުގައި ހޭދަކުރާ ވަގުތު ކަހަލަ އިހްސާސެއް ކަމަށެވެ. އަދި މިއީ ބައްޕައެއްގެ ހައިސިއްޔަތުންނާއި ކާފައެއްގެ ހައިސިއްޔަތުން އޭނާއަށް ވަރަށް ފަޚުރުވެރި ވެވޭ ވަގުތުކޮޅެއް ކަމަށެވެ.