ބޭރު ކުޅިވަރު

ޕޯޓޯ ކަޓައިފި. އެއްވަނަ ޗެލްސީ އާއި ބާސެލޯނާ އަށް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީން ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ޗެލްސީ އެއްވަނަ ހޯދިއިރު އެ ޓީމު އަތުން ރޭ ބަލިވެ އޭނާގެ ކުރީގެ ޓީމު ޕޯޓޯ ކަޓައިފި އެވެ.

މި ނަތީޖާއާއެކު ގްރޫޕުގެ ކުރި ލިބުނީ ވެސް ޗެލްސީ އަށެވެ. އެއީ 13 ޕޮއިންޓާއެކުގަ އެވެ. ޕޯޓޯ ކޮޅަށް ރޭ ޗެލްސީން ޖެހި ފުރަތަމަ ގޯލަކީ އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ގޯލު ޖެހީ ވިލިއަން އެވެ.

މި ބައްޔާއެކު ޕޯޓޯ އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ގްރޫޕުގެ ތިން ވަނަ އަށް ވެއްޓި އެ ޓީމު ކެޓީ ރޭ އިޒްރޭލުގެ މެކަބީ ޓެލްއަވީވް އަތުން ރޭ ރަޝިޔާގެ ޑީނަމޯ ކިއޭވް 1-0އިން މޮޅުވުމުންނެވެ. މި ނަތީޖާއެކު ޑީނަމޯ އަށް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ. ޓެލްއަވީވް ކުޅުނު ހަ މެޗުން ވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގެ އެއްވަނަ ސްޕޭނުގެ ބާސެލޯނާ ހޯދީ 14 ޕޮއިންޓާއެކުގަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމު ރޭ 1-1އިން އެއްވަރުވީ ޖަރުމަނުގެ ބަޔާން ލެވަކޫސަން އަތުންނެވެ. ލަނޑު ޖެހީ ލަޔޮނަލް މެސީ އެވެ.

މި ނަތީޖާއެކު ލެވަކޫސަން މުބާރާތުން ކެޓީ ހަ ޕޮއިންޓުން އިޓަލީގެ ރޯމާއާ އެއްވަރުގެ ލަނޑުގެ ތަފާތުން ތިން ވަނަ އަށް ދިއުމުންނެވެ.