ދުނިޔެ

އަޒަރުބައިޖާންގެ ހެލިކޮޕްޓަރެއް ވެއްޓި ސިފައިން 14 މަރު

އަޒަރުބައިޖާންގެ ބޯޑަރު ބަލަހައްޓާ ހެލިކޮޕްޓަރެއް ވެއްޓި 14 ސިފައިން މަރުވެއްޖެ އެވެ. އަޒަރުބައިޖާންގެ އިދާރާތަކުން ބުނި ގޮތުން މި ހާދިސާގައި އިތުރު ދެ ސިފައިންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ ވަރަށް އަނިޔާވި ކަމަށެވެ.

އަޒަރުބައިޖާންގެ ބޯޑަރު ބަލަހައްޓާ އިދާރާއިން ބުނި ގޮތުން ވެއްޓުނު ހެލިކޮޕްޓަރަކީ ސިފައިންގެ ތަމްރީންތަކެއްގައި އުދުއްސި އުޅަނދެކެވެ. އެކަމަކު ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު އަސްކަރިއްޔާއިން އަދި ސާފުކޮށެއް ނުދެ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އަޒަރުބައިޖާންގެ ރައީސް، އިލްހާމް އަލިޔޭވް ގުޅުއްވައި ސަރުކާރުން އެހީތެރި ވެދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ދުނިޔެއިން ނެތިންގެން ދިޔަ ނަމަވެސް އެއީ ގައުމީ ޚިދުމަތުގައި ދެމިތިބި މެމްބަރުންގެ ގޮތުގައި ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.

އަޒަރުބައިޖާނަށް ދިމާވި ހިތާމަވެރި މި ހާދިސާގައި އަވަށްޓެރި ގައުމުތަކުން ގެންދަނީ ބައިވެރިވަމުންނެވެ. ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ އަޒަރުބައިޖާންގެ ފޮރިން މިނިސްޓަރަށް ގުޅުއްވައި ހިތާމާގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އަޒަރުބައިޖާންއާ އީރާން އަދި އަރުމޭނީ ބޯޑަރު ސަރަހައްދަކީ މިފަހުން ވަރަށް ކަންތައް ބޮޑު ސަރަހައްދުތަކެކެވެ. ސިފައިންނާއި ސަރަހައްދީ ސެކިޔުރިޓީ ގާޑުން ގެންދަނީ އެ ސަރަހައްދުގައި 24 ގަޑިއިރު ފޯރިމަރަމުންނެވެ.

ބޯޑަރު މައްސަލާގައި އެހިސާބުގައި ހަމަލާ ބަދަލުކުރުން ފަދަ ހާދިސާތައް އެހިސާބުގައި އުޅޭ މީހުން މިހާރު ވެސް ދަނީ ތަޖުރިބާކު ރަމުންނެވެ.