ބޭރު ކުޅިވަރު

ޔުނައިޓެޑަށް ކުރީގެ ކުޅުންތެރިން ފާޑުކިޔައިފި

މެންޗެސްޓާ ޔުނައިޓެޑް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ނުގޮސް ކެޓުމުން އެ ޓީމުގެ ކުރީގެ ކުޅުންތެރިން ފާޑުކިޔައިފި އެވެ.
ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ރިއޯ ފާޑިނަންޑް ބުނީ މިއީ ވަރަށް ލަތުވެދި ނަތީޖާއެއް ކަމަށެވެ.

"މިއީ ވަރަށް ލަދުވެތި ނަތީޖާއެއް. ޓީމު އެތައް އަހަރެއްގެ ފަހަތަށް ދިއުން މިއީ. މިއަދު އެކަކު ވެސް ބޭނުމެއްނުވާނެ މި ޓީމު މިފަދަ ގޮތަކަށް ދެކޭކަށް،" ފާޑިނަންޑް ބުންޏެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ އަހަރު ޔުނައިޓެޑް ގްރޫޕް ސްޓޭޖުން ފެއިލްވުމުން ކުރީގެ ފޯވަޑް މައިކަލް އޮވެން ބުނީ ޔުނައިޓެޑް އޮތީ އެތައް އަހަރެއްގެ ފަހަތުގައި ކަމަށެވެ. އަދި އޭނާ ވަނީ މިހާރުގެ ކޯޗު ލުއިސް ވެންހާލް ހަވާލުވެ، ޔުނައިޓެޑުން ފޮނުވާލި ހުރިހާ ކުޅުންތެރިން ހެން މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅޭކަން ފާހަގަކޮށްފަ އެވެ.

"މިއީ އެންމެ ގޯސް ސްކޮޑް، ވެންހާލް ފޮނުވާލި ކުޅުންތެރިން އެއްކޮޅަށް ނުކުތަސް މި ޓީމު ބަލިކުރާނެ،" އޮވެން ބުންޏެވެ.

ވެންހާލް އަށް އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަ އެއް ކުޅުންތެރިއަކީ ކުރީގެ މިޑްފީލްޑަރު ޕޯލް ސްކޯލްސް އެވެ.

"އެމީހުން ހަރަދުކޮށްފި 250 މިލިއަން ޕައުންޑް. އެކަމަކު ދެ ވަނަ ބުރަށް ކޮލިފައިނުވި. މިއީ ވަރަށް ބޮޑު ގެއްލުމެއް. މިއީ ވަރަށް ހައިރާންކުރުވަނިވި ގްރޫޕެއް. ދެ ވަނަ ބުރަށް ދިޔަ ދެ ޓީމަކީ ދެ ވަނަ ބުރުން ކަޓާނެ ދެ ޓީމު. އެކަމަކު މި ޓީމުތައް ބަލިކުރެވޭ ކޮލިޓީ ޔުނައިޓެޑުގައިނެތް. ކްރިއޭޓިވިޓީ އެއްނެތް،" ޔުނައިޓެޑަށް 718 މެޗު ކުޅެދީފައިވާ ސްކޯލްސް ބުންޏެވެ.

ކުރީގެ ކީޕަރު ޕީޓަ ޝުމައިކަލް ބުނީ ޔުނައިޓެޑުގައ އޮތީ އާދައިގެ ސްކޮޑެއް ކަމަށާއި ޓީމުގައި ކޮލިޓީ ނެތް ކަމަށެވެ.