ބޮލީވުޑް

ޓީވީ އެކްޓަރު ނީލް އާއި އައިޝްވަރިޔާ ކައިވެނިކޮށްފި

މަޝްހޫރު ޓީވީ ސިލްސިލާ "ގުމް ހޭ ކިސީކޭ ޕިޔާރް މޭ" ގައި ލީޑް ރޯލް ކުޅޭ ނީލް ބަޓް އާއި އެ ސިލްސިލާގައި ޕާކީގެ ރޯލު އަދާކުރާ ބަތަލާ އައިޝްވަރިޔާ ޝަރުމާ ކައިވެނި ކޮށްފި އެވެ.

މި ދެ އެކްޓަރުންގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ އައިޝްވަރިޔާގެ އަމިއްލަ ރަށުގައި ނޮވެމްބަރު 30 ވަނަ ދުވަހު އެވެ. ނީލް އާއި އައިޝްވަރިޔާ ފުރަތަމަ ބައްދަލުވީ ވެސް "ގުމް ހޭ ކިސީކޭ ޕިޔާރް މޭ" ގެ ސެޓުންނެވެ. އަދި ދާދި އަވަހަށް ދެ އެކްޓަރުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ.

މި ސިލްސިލާގެ ކުރިން ނީލް ވަނީ "ރޫޕް-މަރްދު ކާ ނަޔާ ސްވަރޫޕް" ކިޔާ ސިލްސިލާއެއް ކުޅެފަ އެވެ. "ސޫރްޔަޕުތުރަ-ކާން"، އާއި "މޭރީ ދުރުގާ" އަދި "މާދުރީ ޓޯކީޒް" ގައި އައިޝްވަރިޔާ ބައިވެރި ވެފައި ވެއެވެ.