ހިތްގައިމު އަޖައިބު ކުރުވަނިވި ރީތި ފަރުމާތައް ހިމެނޭ ގޮތަށް ޖޯލި ކުންފުނިން ރ. ބޮޑުފުށީގައި އާ ރިސޯޓެއް ހުޅުވައިފި އެވެ.
ޖޯލި ބީން ގެ ނަމުގައި ބޮޑުފުށީގައި ހުޅުވި މި ރިސޯޓު ހަދާފައިވަނީ މުޅިން އާ ކޮންސެޕްޓެއްގެ 68 ޕްރައިވެޓް ވިލާ ހިމެނޭ ގޮތަށް ޕްރައިވެޓް އައިލެންޑު ސްޓައިލްގަ އެވެ.
މި ރިސޯޓު ފަރުމާކޮށްފައިވަނީ "ވެލް ބީން" ކޮންސެޕްޓަކަށެވެ؛ މިއީ އާއްމުކޮށް ރާއްޖޭގައި ހުންނަ ވެލްނެސް ކޮންސެޕްޓުގެ ރިސޯޓުތަކަށް ވުރެ ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓު މީހާއަށް އަރާމު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ރިސޯޓެކެވެ. މުޅި ރިސޯޓުގެ ހުރިހާ އިމާރާތްތަކާއި ރިސޯޓުގެ މުހިންމު ތަންތަން ފަރުމާކޮށްފައިވަނީ "ވެލްބީން" ކޮންސެޕްޓުގަ އެވެ.
މާލެއިން ފުރައިގެން ސީޕްލޭންގައި 35 މިނެޓުން ދެވޭ ރާސްތާގައި ހުޅުވި ޖޯލި ބީން ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ މީހަކަށް ހައިޑްރޯތެރަޕީ މޫވްމަންޓް އަދި ސައުންޑް ހެލްޕިން ތަޖުރިބާކޮށްލެވޭ ގޮތަށް ހަމަޖައްސާފައިވެ އެވެ. މިއީ ނަފުސާނީ ގޮތުން ދުޅަހެޔޮކޮށް ހުންނަން ހާއްސަ ފަރުވާތަކެއް ލިބޭނެ ރިސޯޓެކެވެ.
ރިސޯޓުން ލިބޭ ބައެއް ހިދުމަތްތައް
- ހައިޑްރޯ ތެރަޕީ ހޯލް- ކާށި
- ޑިސްކަވަރީ ސައުންޑް ޕާތް
ޖޯލި ކުންފުނިން ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވީ 2018 ވަނަ އަހަރު ރ. މުރަވަންދޫގަ އެވެ. މި ރިސޯޓުގައި 73 ވިލާ ހުރެ އެވެ.