އެމްޓީސީސީ

ގާދިއްފުށި ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފި

Dec 1, 2021

ތ. ގާދިއްފުށި ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

ގާދިއްފުށި ފެނާއި ނަރުދަމާ މަސައްކަތުގެ ދަށުން ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ގާދިއްފުށި އާރއޯ ޕްލާންޓް އެޑްމިން އިމާރާތުގެ މަސައްކަތުގެ 57 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަސައްކަތުގެ ދަށުން 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ގާއިމުކުރުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި އަދި ދެ ޕަންޕް ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތަކީ 20.9 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށެވެ.