މިނިސްޓްރީ އޮފް އެޑިއުކޭޝަން

މާވަށާއި ފޭދޫ ސްކޫލުގައި އިމާރާތްތަކެއް އަޅަން ހަވާލުކޮށްފި

Dec 1, 2021

ލ. މާވަށާއި ށ. ފޭދޫ ސްކޫލުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާ ކްލާސްރޫމްތައް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް މިއަދު ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. އަދި ނާސާ ލިންކްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަބްދުލް ރަހްމާނެވެ.

މާވަށު ސްކޫލުގައި ނުވަ ކުލާސްރޫމު އެޅުމަށް ހަމަޖެހިފައިވާއިރު ފޭދޫ ސްކޫލުގައި އަށް ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް އެޅުމަށް ހަމަޖެހިފައިވެ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ދެ މަޝްރޫއުގެ ތެރެއިން ފޭދޫގެ މަޝްރޫއަށް 11 މިލިއަން ރުފިޔާ އަދި މާވަށުގެ މަޝްރޫއަށް ނުވަ މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެެވެ.

މި ދެ މަޝްރޫއުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ސަރުކާރާ ހަވާކުރަންޖެހެ އެވެ.