އިސްލާމިކް މިނިސްޓްރީ

ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް

Dec 3, 2021
1

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ވަގުތީ މިސްކިތެއް ކަމަށެވެ. މިއީ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ދެވަނަ މިސްކިތެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަހްމަދު ޒާހިރު އަލީ އެވެ. 35 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގައި އެއްފަހަރާ 600 މީހުންނަށް ނަމާދުު ކުރެވޭނެއެވެ. ފިރިހެނުންގެ އިތުރުން އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް މި މިސްކިތުގައި ހަމަޖެހިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.