ކޮނޑޭ

ކޮނޑޭ މިސްކިތުގެ މަސައްކަތް ފަށައިފި

Mar 19, 2022
2

ގއ. ކޮނޑޭގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް ފަށައިފި އެވެ.

ކޮނޑޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

ގއ. ކޮނޑޭގައި އަޅަނީ 300 މީހުންގެ ޖާގައިގެ މިސްކިތަކެވެ. އެހެން މިސްކިތްތަކާއި ހިލާފަށް ޒަމާނާ އެއްގޮތަށް އެ މިސްކިތް ޑިޒައިން ކޮށްފައިވަނީ އެތެރޭގައި އެއްވެސް ތަނބެއް ނުހުންނަ ގޮތަށެވެ.

އެ މިސްކިތް އަޅަން އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު އިސްލާމިކް މިނިސްޓްރީން ސޮއި ކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ.

އެ މަސައްކަތް އަމޭންއާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މިސްކިތަށް ދައުލަތުގެ ބަޖެޓުން 7.6 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.