އެމްޓީސީސީ

ފޭސް ދެއަކުން އެމްޓީސީސީގެ ބަސްކާޑު ވިއްކަން ފަށައިފި

Dec 5, 2021
1

ހުޅުމާލެ ފޭސް 2 އިން އެމްޓީސީސީ ބަސް ދަތުރު ކާޑު ވިއްކަން ފަށައިފި އެވެ.

ހުޅުމާލެ ފޭސް ދޭއް ގެ ޓަވަރު 12 ގައިވާ "އެޗްސީޔޫ މާޓް" ފިހާރައިން އެމްޓީސީސީ ބަސް ދަތުރު ކާޑު ވިއްކަން މިހާރު ހުންނާނެ އެވެ. މި ފިހާރައިން ކާޑު ވިއްކަން ފަށާފައި ވަނީ މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެވެ.

މީގެ އިތުރުން މޯލްޑިވްސް ޕޯސްޓް ހުޅުމާލެ އަދި މޯލްޑިވްސް ޕޯސްޓް ވެލާނަގެއިން ވެސް ބަސް ދަތުރު ކާޑު ވިއްކުމުގެ ހިދުމަތް ވަނީ ފަށާފައެވެ. އެ ތަންތަނުން ކާޑު ވިއްކަން ފަށާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ތަންތަނުން ބަސް ދަތުރު ކާޑު ވިއްކުމުގެ އިތުރުން ކާޑު ރީލޯޑް ކުރުމާއި އަދި ސިންގަލް ޖާނީ ޓިކެޓް ލިބޭނެ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.