ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި އައްޑޫން މީހަކު މަރުވެއްޖެ

Dec 6, 2021

ކޮވިޑް-19 ބަލީގައި ފަރުވާ ދެމުން ދަނިކޮށް މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 9:30 ގައި މަރުވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މިއީ ރާއްޖޭގެ 255 ވަނަ ކޮވިޑް މަރެވެ. ކޮވިޑްގައި އައްޑޫ މީހަކު މަރުވި މި ބަލީގެ ހާލަތު މިވަގުތު އެންމެ ގޯހީ ވެސް އައްޑޫގަ އެވެ.

އިއްޔެ ވެސް ރާއްޖެއިން ކޮވިޑްގައި މީހަކު މަރުވެފައިވާއިރު އޭގެ ކުރީ ދުވަހު ދެ މީހަކު މަރުވި އެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރުތަކަށް ބަލާއިރު އިއްޔެ ވަނީ އިތުރު 116 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 92،211 އަށް އަރާފައި ވެއެވެ.