ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހަތަރު މަހަށްފަހު އައްޑޫގެ މޮނީޓަރިން އުވާލައިފި

މިދިޔަ އޮގަސްޓު މަހުން ފެށިގެން ބަންދުކޮށްފައި އޮތް އައްޑޫ ސިޓީ، މޮނީޓަރިންގެ ހާލަތުން ނަގައިފި އެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވެ އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ސިޓީގެ ހާލަތު ކުރިއަށް ވުރެ ރަގަޅުވެފައިވާތީ މޮނީޓަރިންގައި ބާއްވަން ޖެހޭ ސަބަބެއް ނެތުމުން އެޗްޕީއޭ އިން ވަނީ މޮނީޓަރިން އުވައިލައިފަ އެވެ.

އެޗްޕީއޭ އިން ބުނީ އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު އުވައިލައިފައިވާ ކަމަށެވެ. ރޭގަނޑު 4:00 އިން ފެށިގެން 9:00 އަށް އެ ސިޓީގައި ގެންދިޔައީ ކާފިއު ހިންގަމުންނެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެންމެ ފަހުގެ ތެފާސްހިސާބުތައް ދައްކާ ގޮތުގައި އެ ސިޓީގައި މިވަގުތު ބަލި ޖެހިފައި ތިބީ 44 މީހުންނެވެ. އިއްޔެ އަލަށް ހަތަރު މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. މުޅި ޖުމްލަ އެ ސިޓީން 2،977 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. އޭގެތެރެއިން 12 މީހަކު ވަނީ މަރުވެފަ އެވެ.
،
މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ހަތަރު މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ތިބީ ހިތަދޫގަ އެވެ. އެއީ 34 މީހެކެވެ.