މިނިސްޓްރީ އޮފް ހެލްތު

އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް ރާއްޖެ ގެނައި 20 އެމްބިއުލާންސް ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.

މިއީ އަތޮޅުތަކުގެ ތެރޭގައި ބޭނުން ކުރަން އެސްޓީއޯ މެދުވެރިކޮށް ގެންނަން ނިންމާފައިވާ 96 އެމްބިއުލާންސްގެ ތެރެއިން ގެނައި 20 އެމްބިއުލާންސް އެވެ.

އެމްބިއުލާންސްތައް ފޮނުވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ކުމުންދޫ އާއ ށ. ބިލެތްފައްސާއި ށ. ނަރުދޫ އާއު ނ. ފޮއްދޫ އާއި ނ. ކުޑަފަރިއާއި ބ. ކެންދޫ އާއި އއ. މަތިވެރި އާއި އދ. މަންދޫ އާއި އދ. ފެންފުއްޓާއި ފ. ފީއަލި އެވެ. މީގެ އިތުރުން މ. ކޮޅުފުއްޓާއި ތ. ވަންދޫ އާއި ތ. ބުރުންޏާއި ތ. ދިޔަމިގިއްޔާއި ލ. ކުނަހަންދުއާއި ގއ. ކޮލަމާފުއްޓާއި ގއ. ނިލަންދުއާއި ގދ. ރަތަފަންދުއާއި އއ. ބޮޑުފޮޅުދޫ އަދި މ. ދިއްގަރު ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން އެސްޓީއޯއާއެކު މިދިޔަ ޖޫން މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަސް ތެރޭގައި 96 އެމްބިއުލާންސް ގެންނަން ޖެހެއެވެ.

އޭގެ ތެެރެއިން 20 އެމްބިއުލެންސް ރާއްޖެ ގެނެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ އެ އެމްބިއުލާންސްތައް 20 ރަށަކަށް ފޮނުވާފަ އެވެ. އަދި ބާކީ ހުރި 76 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނައީ މި މަހުގެ ފަހުކޮޅު އެވެ.

ސަރުކާރުން މިހާރު ދަނީ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނަކުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ގޮތް ހަދަން ތައްޔާރު ވަމުންނެވެ. ބައެއް ރަށް ރަށުގައި އެމްބިއުލާންސް ނެތިގެން ވީލް ބަރޯގައި ވެސް މީހުން އުފަލަ އެވެ.