އެޕެރެންޓިސްޝިޕް ޕްރޮގްރާމް

އެމްޓީސީސީން 100 މީހުން ތަމްރީނު ކުރަނީ

އެމްޓީސީސީގެ "ހުނަވަރު" ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން މީހުން ތަމްރީން ކުރަން އެމްޓީސީސީން، ޔޫތް މިނިސްޓްރީއާއެކު އެއްބަސްވެ މަސައްކަތް ފަށައިފި އެވެ.

އިއްޔެ ފެށި މަސައްކަތަށް ފަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ "ހުނަވަރު" ޕްރޮގްރާމަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ ވަޒީފާތަކަށް ހޯދުމުގެ ޕްރޮގްރާމެއް ކަމަށެވެ. މި އަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށާއި އަމާޒަކީ އެ ތިން އަހަރުން 100 މީހުން ތަމްރީން ކުރުން ކަމަށެވެ.

"ހުނަވަރު" ޕްރޮގްރާމްގައި ވެލްޑިންގް އާއި ޕްލަމްބަރިން އާއި އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާން ކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރަން މީހުން ތަމްރީން ކުރާނެ އެވެ.

އެމްޓީސީސީގެ ތަމްރީންތަކުގައި ހަ މަސްދު ވަސް ހޭދަކުރަން ޖެހޭނެ އެވެ. ކޮންމެ މަހަކު 3000 ރުފިޔާގެ އެލެވެންސެން ދޭނެ އެވެ.