އެމްޓީސީސީ

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއުގެ އަޕްޑޭޓެއް ދީފި

Dec 9, 2021
1

ޏ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތު އަޕްޑޭޓެއް އެމްޓީސީސީން ދިފި އެވެ.

އެމްޓީސީސީއިން މިއަދު ބުނީ ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މިމަހުގެ ހަ ވަނަ ދުވަހު ނިންމާލައިފައިވާ ކަމަށެވެ.

މިމަޝްރޫއުގެ ދަށުން ފުވައްމުލަކުގެ 31 މަގުގައި، 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރަން އޮތީ ނިންމާފަ އެވެ. އަދި 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއެއާ މީޓަރުގެ ތާރު އެޅުމާއި، ޕޭވްމެންޓް ހެދުން ހިމެނެ އެވެ.

މަގު ހެދުމުގެ މަޝްރޫއު ނިމޭއިރު މަގުމަތީގެ ނިޝާންތައް ކުރަހައި މަގުބައްތިތައް ވެސް ހަރުކުރެވިފައި ހުންނާނެ ކަމަށް އެމްޓީސީން ބުނެ އެވެ.

ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ހަދަން އެމްޓީސީސީއާ ހަވާލުކުރީ ޖުލައި، 2019 ގައެވެ. ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 279.4 މިލިއަން ރުފިޔާ އަށެވެ.