އިސްލާމިކް މިނިސްޓްރީ

ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ހުޅުވައިފި

Dec 9, 2021

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރި "މަސްޖިދު އަބީ ބަކްރިއްސިއްދީގް" މިއަދު ހުޅުވައިފި އެވެ.


ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން އިމާރާތްކުރި މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ އެވެ. 600 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކަތަކީ ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒާހިރު ވަނީ މިސްކިތްތަށް އިމާރާތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާ އަދި މިސްކިތްތަށް ޒީނަތްތެރިކޮށް ބެލެހެއްޓުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުލޫކުރުމާއި ނަމާދުކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޕްޓެމްބަރު، 19 2019 ވަނަ ދުވަހުއެވެ. މާދަމާ ހުކުރު ނަމާދުން ފެށިގެން މިސްކިތުގައި ޖަމާއަތް ހަދާނެ އެވެ.