ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބައިޑެން އިންތިޒާމު ކުރެެއްވި ސަމިޓެއްގައި ރައީސް ބައިވެރިވެވަޑައިގެންފި

Dec 9, 2021
1

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ވާޗުއަލްކޮށް ކުރިއަށް ގެންދެވި ސަމިޓް ފޯ ޑިމޮކްރަސީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފި އެވެ.

ވައިޓްހައުސް އިން ވާޗުއަލްކޮށް ބާއްވާ މި ހަރަކާތުގައި ގައުމުތަކުގެ ވެރިންނާއި، އެންމެ އިސް ލީޑަރުންގެ އިތުރުން ސަރުކާރުތަކުގެ އިސްވެރިން އަދި ބައިނަލްއަގްވާމީ، މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.

މި ސަމިޓުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަނިޔާވެރިކަން ހުއްޓުވުމާއި، ކޮރަޕްޝަން ނައްތާލުމާއި، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމަށް ބާރުއެޅުމާއި، ދުނިޔޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް އަޑުއަހާ، އެވާހަކަތައް ދެއްކުމުގައި ގައުމުތަކުން އިސްނަގައިގެން އެކަންކަމާމމެދު މަޝްވަރާކުރުމެވެ.

މި ހަރަކާތުގައި ރައީސް ސޯލިހް ވަނީ އަދުގެ ދުނިޔޭގައި ޑިމޮކްރަސީގެ މުހިންމުކަމާއި، ގައުމުތަކުގެ ހަމަޖެހުމަށް ޑިމޮކްރަސީގެ ސަބަބުން ލިބިފައިވާ ހިތްވަރާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި މިހާރު މި ފެންނަ ހަމަޖެހުން ގާއިމުކުރެވިފައި ވަނީ އެއް ގައުމު އަނެއް ގައުމާއި ގުޅިގެން މަސައްކަތްކުރުމުން ކަމަށެވެ.