ވިލާ ގްރޫޕް

ވިލާ ހަކަތައިން މާދަމާ އާ ޕްރޮަޑަކްޓެއް ލޯންޗުކުރަނީ

ވިލާ ހަކަތައިން މާދަމާ އާ ޕްރޮޑަކްޓެއް ލޯންޗުކުރަން ނިންމައިފި އެވެ.

މި ޕްރޮޑަކްޓް ލޯންޗުކުރާނީ މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކްގައި ފަށާ މެރިން އެކްސްޕޯ އިވެންޓްގަ އެވެ.

"ވިލާ ފިއުޝަން"ގެ ނަމުގައި ނެރޭ މި ބްރޭންޑަކީ ވިލާއިން މާކެޓަށް ނެރޭ ރާއްޖޭގެ ފުރަތަމަ ބްރޭންޑެވެެ.

މާދަމާއިން ފެށިގެން ހޯމަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި އެކްސްޕޯގެ ފިއުލް ސޮޕަންސަރަކީ ވެސް ވިލާ ފިއުލް އެވެ.

މާދަމާގެ އެކްސްޕޯގައި ވިލާއިން ވިއްކާ ލަކުޑީގެ އެކި ބާވަތްތަކާ އަދި ޝެލް ލުބްރިކަންޓް އޮއިލްގެ މައުލޫމާތު ވެސް ލިބޭނެ އެވެ. މަޝްހޫރު ތެޔޮ ކުންފުނި ރޯޔަލް ޑަޗް ޝެލްގެ އުފެއްދުންތަކުގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާއަކީ ވެސް ވިލާ ހަކަތަ އެވެ.

މެރިން އެކްސްޕޯގައި ވިލާ ހަކަތައިގެ ސްޓޯލް ނަންބަރަކީ އެސް-39 އާއި އެސް-40 އެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މެންދުރު ދޭކުން ރޭގަނޑު 10 އަކަށް ސްޓޯލުން މައުލޫމާތު ލިބޭނެ އެވެ.