އައްޑޫ ސިޓީ ކައުންސިލް

ކޮވިޑްގައި އައްޑޫ މީހަކު މަރުވެއްޖެ

Dec 11, 2021

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އައްޑޫ ސިޓީގެ އިތުރު މީހަކު މަރުވެއްޖެ އެވެ.

އައްޑޫގައި މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 3:00 ޖަހާއެހާއިރު އެވެ. މިއީ ކޮވިޑް ބަލީގައި އައްޑޫން މަރުވި 13 ވަނަ މީހާ އެވެ.

މިއަދުގެ މި މަރާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 257 އަށް އަރާފަ އެވެ.

އަތޮޅު ތެރެއިން ކޮވިޑްގެ ހާލަތު މިވަގުތު އެންމެ ގޯހީވެސް އައްޑޫގަ އެވެ. އެ ސިޓީގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނައީ ހިތަދޫގަ އެވެ.

ހިތަދޫގައި 110 ކޭސް، ހުޅުދޫގައި 14 ކޭސް، މަރަދޫގައި 13 ކޭސް، މީދޫގައި 12 ކޭސް އަދި މަރަދޫފޭދޫގައި ހަތަރު ކޭސް އަދި އެހެނިހެން ކޭސްގެ ގޮތުގައި ރިޕޯޓްކޮށްފައިވާ ކޭސް އަކާ އެކު އައްޑޫގައި ކޮވިޑް އެކްޓިވްސްގެ އަދަދު މިވަގުތު ހުރީ 154 ގައެވެެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،801 މީހުންނެވެ. މިހާތަނަށް 90،776 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 16 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.