އެމްޓީސީސީ

ފީއަލީގެ ބިންހިއްކުން އެމްޓީސީސީ އަށް

ފީއަލީގެ ބިންހިއްކުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: ޕްލޭނިން މިނިސްތްރީ
0%
0%
0%

ފ. ފީއަލީގެ ބިންހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ފީއަލީގައި 13.8 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1،606 މީޓަރުގެ ރިވެޓްމެންޓާއި 30 މީޓަރުގެ ފަސް ގްރޮއިން ގާއިމުކުރަން ކުރަން ހަމަޖެހިފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ ކޮންޓްރެކްޓުގެ އަގަކީ 66.9 މިލިއަން ރުފިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345