ދުނިޔެ

ބެއިޖިން އޮލިމްޕިކްސް ބޮއިކޮޓް ނުކުރާނެ: ސައުތު ކޮރެއާ

ޗައިނާގައި އޮންނަ ބެއިޖިން 2022 ވިންޓާ އޮލިމްޕިކްސް ބޮއިކޮޓް ނުކުރާނެ ކަމަށް ސައުތު ކޮރެއާ ބުނެފި އެވެ.

ސައުތު ކޮރެއާގެ ރައީސް، މޫން ޖޭ އިން ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ޗައިނާއަށް ސިޔާސީ ގޮތުން ކުރާ ގޯނާގައި ސައުތު ކޮރެއާ ބައިވެރި ނުވާނެ ކަމަށެވެ.

ޗައިނާގައި ބެއިޖިން އޮލިމްޕިކްސް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ ހަތަރަކުން 20 އަށެވެ.

މޫން ޖޭ އިން ވިދާޅުވި ގޮތުގައި ޗައިނާ ބޮއިކޮޓްކުރަން ގޮވާލާ ގައުމަކުން ސައުތު ކޮރެއާގެ އެހީއަށް އެދިފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ ވަކި ގައުމަކުން ވަކި ގައުމަކަށް ޖެއްސުންކޮށް ދުނިޔޭގެ ތަރައްގީއަށް އޮތް ފުރުސަތު ގެއްލުވާލުމަކީ އިހުމާލުވުން ކަމަށެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން ބުނާ ގޮތުން ޗައިނާ ވިންޓާ އޮލިމްޕިކްސް އެ ދެގައުމުން ބޮއިކޮޓް ކުރާނެ އެވެ. ފްރާންސުން ބުނީ ބޮއިކޮޓް ކުރަން އަދި ނުވިސްނާ ކަމަށެވެ.

ޗައިނާ އަކީ އެމެރިކާ އާއި އިނގިރޭސިން ވަރަށް ބިރުގަންނަ ގައުމެކެވެ. ތަރައްގީގެ ގޮތުން އެ ދެގައުމަށް ވާދަނުކުރެވޭހާ އުހަށް ޗައިނާ އަރައިގެން ދިއުމުން އެމީހުން ތިބީ ހަސަދައިން ފޯވެފަ އެވެ.

އެމެރިކާ އާއި ބައިވެރިން ޗައިނާއާ ދެކޮޅަށް އަޅާހާ ފިޔަވަޅަކީ އިގުތިސޯދީ ގޮތުން ޗައިނާ މަތަކުރަން ކުރާ ކަމެކެވެ. އެނޫން އެއްވެސް ބޭނުމެއް އެކަމުގައި ނެތެވެ. ހުޅަނގާއި ވިލާތަށް ޗައިނާ އަތުނުޖެހޭނެކަން ކަށަވަރުވުމުން މިހާރު އޮތް ގޮތަކީ ބިރުދައްކައި ބަދުނާމުކުރުމެވެ.