އެމްޓީސީސީ

ރަސްމާދޫ ބަނދަރުގެ ބޮޑު ބައި ނިންމައިފި

Dec 13, 2021

ރ. ރަސްމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިންމައިފި އެވެ.

އެމްޓީސީސީން ބުނ ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 74 ޕަސެންޓް ނިމި ބަނދަރުގައި ފުންކުރަންޖެހޭ ސަރަހައްދުތަކުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގައި 8،100 މީޓަރުގެ ސަރަހައްދެއް ފުން ކުރަންޖެހެ އެވެ. އަދި377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަހައްދެއްގައި ބަނދަރާ ގުޅިފައިވާ ދުވާރު ހެދުމާއި، މަގުބައްތި އާއި ނެރު ބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

ރަސްމާދޫ ބަނދަރު ހެދުމުގެ މަޝްރޫއަކީ 28.1 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.