ދުވާފަރު

ދުވާފަރުގެ މަގުތައް ހަދަން ފަށައިފި

Dec 13, 2021

ރ. ދުވާފަރުގެ ދެވަނަ ފިޔަވެހީގެ މަގު ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތުގެ ދަށުން އޭބީސީ އަޅަން ބޭނުންވާ ސާމާނު މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފަ އެވެ. އަދި ދުވާފަރުގެ ފެންހިންދާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ވެސް ވަނީ ނިމިފަ އެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރާނެ ކަމަށެވެ. އަދި 4960 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފެންހިންދާ ނިޒާމެއް ގާއިމް ކުރުމާއި އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެއެވެ. މިިއީ 37.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.