އެމްޓީސީސީ

ހަންޏާމީދޫ ބަނދަރުގެ އަޕްޑޭޓް ދީފި

ރަށު ބަނދަރު ތަރައްގީ ކުރާ ޕްރޮގްރާމްގެ ތެރެއިން މިހާރު މަސައްކަތް ފަށާފައިވާ އދ. ހަންޏާމީދޫ ބަނދަރުގެ މަސައްކަތުގެ އަޕްޑޭޓް އެމްޓީސީސީން ދީފި އެވެ.

ހަންޏާމީދޫގެ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުނި، އެމްޓީސީސީއާ އެވެ.

އެ ކުންފުނިން މިއަދު ބުނީ އެރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުން މިހާރު 53 ޕަސެންޓް ނިމިއްޖެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކަމަށެވެ.

އެ މަޝްރޫއުގައި އެރަށުގެ 4،645 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، އަލަށް ހަދާފައިވާ ނެރު 404 ކިއުބިކް މީޓަރަށް ފުންކުރުމާއި، 193 މީޓަރުގެ ބޭރުތޮށި ލުމާއި، 160 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 266 އަކަ މީޓަރަށް ޕޭވްމެންޓް ހެދުމުގެ އިތުރުން މަގު ބައްތި ހަރުކުރުން ހިމެނެ އެވެ.